މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ހައްޖު ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ހާޖީންނެއް އަރަފާތު ބިމުގައި މަޑުކުރާ ދުވަހެވެ. އޭގެ ތެރޭގައި ދުނިޔޭގައި ނަން މަޝްހޫރު ބައެއް ނަންތައް ވެސް ހިމެނެ އެވެ.
ސާނިއާ މިރްޒާ
އިންޑިއާގެ ކުރީގެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ ވަނީ ހައްޖަށް ދިއުމުގެ ކުރިން އެކަން އިއުލާންކޮށް އެންމެންގެ ހެޔޮ ދުއާއަށް އެދިފަ އެވެ. ސާނިއާއާއެކު ހައްޖުގެ އަޅުކަމުގައި އޭނާގެ ކޮއްކޮ އަނަމް ވެސް ބައިވެރިވެ އެވެ.
ސޮނީ ބިލް ވިލިއަމްސް
2009 ވަނަ އަހަރު އިސްލާމްދީން ގަބޫލުކުރި ނިއުޒިލޭންޑްގެ ހެވީވެއިޓް ބޮކްސިން އަދި ކުރީގެ ރަގްބީ ކުޅުންތެރިޔެއް ކަމަށްވާ ސޮނީ ބިލް ވިލިއަމްސް ވެސް މިއަަހަރު ހައްޖުގެ އަޅުކަން އަދާކުރެ އެވެ.
ޒާކިރު ނައިކް
އިންޑިއާ ނަސްލުގެ އިލްމުވެރިޔާ އަދި އިސްލާމިކް ރިސާޗް ފައުންޑޭޝަންއާއި ޕީސްޓީވީގެ ފައުންޑަރު ޒާކިރު ނައިކް ވަނީ މިއަހަރުގެ ހައްޖުގައި ބައިވެރިވެ ހައްޖުގެ އިންތިޒާމުތަކަށް ތައުރީފް ކޮށްފަ އެވެ.
ނިދާ ޔާސިރު
ޕާކިސްތާނުގެ ޓީވީ ހޮސްޓް އަދި ކުރީގެ އެކްޓަރެއް ކަމަށްވާ ނިދާ ޔާސިރު ވަނީ ހައްޖަށް ދިއުމުގެ ކުރިން އެއްވެސް މީހަކަށް ދެރައެއް ދެވިފައިވާނަމަ މައާފް ކޮށްދިނުމަށް އެދި އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.
އިސްލާމް މަކަޗްދޭވް
ރަޝިއާގެ ލައިޓް ވެއިޓް ޗެމްޕިއަން އިސްލާމް މަކަޗްދޭވް ވެސް ވަނީ އޭނާގެ އާއިލާއާއެކު މިއަހަރު ހައްޖުގެ އަޅުކަން އަދާކުރާކަން އިއުލާން ކޮށްފަ އެވެ.
ރަނގަޅު ނިންމުމެއް ހިޔޮ ވިސްނުން