ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ނެގުމުން މާލޭގެ ބައެއް ސަރަޙައްދުތަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރު އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މިހާރު އާ ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް ނެގުމަށްފަހު، އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މީހަކު ހައްޔަރުކުރި ކަމެއް ނުބުނެ އެވެ.
ފަހަކަށް އައިސް މާލޭ ސަރަހައްދުގައި ކަރަންޓް ކޭބަލް ވަގަށް ނެގުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
ކައުންސިލް އިންތިހާބަށް އެމްޑީޕީން 58 ދާއިރާގައި ޕްރައިމަރީއަކަށް
ދިގު މެދުކެނޑުމަކަށްފަހު މޭގަން ބޮޑު ސްކްރީނަށް!
ޤާނޫނަކުން އެބަޖެހޭ ކަރަންޓް ކޭބަލް ހިމާޔަތް ކުރަން އަދި ޕާޓޭންނަށް މަނާ އެއްޗަކަށް ހަދަން، އަދި މިފަދަ ކަންތައް ފެނުމުން އަންގާ އަވަހަށް ގުޅާނެ ނަންބަރެއް ޤާއިމުކޮށް ފުލުހުންގެ ފިޔަވަލު އަވަސްކުރެވޭނެ ގޮތެއް ހަދަންވެސް،