ސަރުކާރުގެ އިސްލާހީ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ހިޖްރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ހިޖްރީ އާ އަހަރުގެ އަޒުމަކަށް ހަދަންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމަށް ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ކަމަށެވެ.
ގައުމުގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، އާއިލާތަކުގެ ބަދަހިކަމަށް މަސައްކަތްކޮށް އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ވެ އެވެ. އަދި އިސްރާފު ނުކުރުމާ، ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ގައުމުގެ އިގްތިޞާދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ހާލަތަކީ މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެ އެވެ. އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅިގެން އެއް އުންމަތެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭކަން އެމަނިކުފާނު ހިތާބުގައި ފާހަގަކުރެއްވި އެވެ.
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ސެލީނާއަށް 1.2 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ދައުވާއެއް!
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި
ހެޔޮއެއްޗެއް ކިޔާ ތެދުބަހުން ވާހަކަދައްކާނަމަ ދިވެހިރައްޔިތުން އަޑުއަހާނެއެވެ