2023 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ބާބީ"ގެ ތަރި މާގޮޓް ރޮބީ އޭނާގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވެއްޖެ އެވެ.
މާގޮޓްއާއި އޭނާގެ ފިރިމީހާ ޓޮމް އަކާލީއަށް ދަރިއަކު ލިބެން އުޅޭކަން ހާމަވީ އިޓަލީގައި މާގޮޓް ހޭދަކުރި ޗުއްޓީގެ ތެރެއިން މީޑިއާގެ ލޮލުގައި އޭނާ އަޅައިގަތުމުންނެވެ. އެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް މީޑިއާއަށް އާއްމުވުމާއެކު އޭނާގެ ބަނޑު ކޮންމެވެސް ވަރަކަށް ނުކުމެފައިވާކަން މީޑިއާތަކުންނާއި އާއްމުންވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.
މާގޮޓް އިނީ ބަލިވެކަން ސީދާ އޭނާ ޔަގީން ކޮށްދީފައި ނުވި ނަމަވެސް އިތުބާރުހުރި މަސްދަރުތަކުން ވަނީ އެކަން ޕީޕަލްސް މެގަޒިންއަށް ޔަގީންކޮށްދީފަ އެވެ.
ފިލްމީ ދާއިރާގެ ތެރެއިން ބައްދަލުވެ 2016 ވަނަ އަހަރު ކައިވެނިކުރި މާގޮޓްއާއި ޓޮމްއަކީ އެމީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ވަރަށް ފޮރުވައިގެން އުޅޭ ދެމަފިރިންނެވެ.
ދަރިފުޅަށް ގަނާ ކުރެވެމުން ދާކަން ދެނެގަންނާނީ ކިހިނެއް؟
އެމްޕީއެލްގެ ސީއީއޯ ކަމަށް ޝަފީގު އައްޔަންކޮށްފި
ސްޕީޑްބޯޓުގެ ނަސީބުވެރި ފަރާތް އިއުލާންކުރުން ޖޫން މަހު