މީޑިއާއަށް ދިން އިންޓަވިއުއެއްގެ ތެރެއިން އެރިއާނާ ގްރާންޑޭގެ އަޑަށް ބަދަލު އައުމުން އޭނާއަށް އަމާޒުވަމުން އަންނަ މަލާމާތާއި ފުރައްސާރައަށް އޭނާ ރައްދުދީފި އެވެ.
ޕޮޑްކާސްޓެއްގައި އެރިއާާނާ ދީފައިވާ އެ އިންޓަވިއުގެ ފުރަތަމަކޮޅު ވަރަށް ބަރު އަޑަކުން އޭނާ ވާހަކަ ދެއްކި ނަމަވެސް ވަކި ހިސާބަކުން އޭނާގެ އަޑު ވަރަށް ތޫލި އަޑަކަށް ބަދަލުވި އެވެ.
އެއާއެކު މާ ލަސްތަކެއް ނުވެ އެކަމާ ހެދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމުން އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށި އެވެ.
އެންމެ ފަހުން އެރިއާނާ މިވަނީ އެ މަލާމާތާއި ފުރައްސާރައަށް ރައްދު ދީފަ އެވެ. އޭނާ ބުނި ގޮތުގައި ވާހަކަ ދައްކާއިރު އޭނާގެ އަޑު ބަދަލުކުރަނީ ގަސްދުގައި ކަމަށާއި އެއީ ލަވަތަކަށް އޭނާގެ އަޑު ދަމަހައްޓަން ކުރާ ކަމެއް ކަމަށެވެ.
އެރިއާނާ އިތުރަށް ބުނެފައިވަނީ އެއީ އޭނާ އަބަދުވެސް ކުރާ ކަމެއް ކަމަށާއި އާއްމުންނަށް އެކަން ފާހަގަވެގެން އުޅެނީ އަދި ކިރިޔާ ކަމަށެވެ.
އެރީއާނާއަކީ ކާމިޔާބު ގިނަ ލަވަތަކެއް ކިޔައިދީފައިވާ ހޮލީވުޑުގެ ކުޅަދާނަ ލަވަކިޔުންތެރި އެކެވެ. އޭނާގެ ލަވަތައް އިނގިރޭސި ވިލާތުގެ ޗާޓުތަކުގައި އަބަދުވެސް އުޅެ އެވެ.