ދުނިޔޭގައި ކޮންމެ ދުވަހަކު ވެސް ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގަ އެވެ. އެ ހާދިސާތަކުގައި މީހުންގެ ދިރިއުޅުން އެ ފުށް މިފުށަށް ޖަހާލަ އެވެ.

އެފަދަ އެކަކަކީ އެމެރިކާގެ ނިއު ޖާޒީއަށް ނިސްބަތްވާ މިހާރު އުމުރުން 24 އަހަރުގެ ޖޯއީ ޑި މިއޯ އެވެ. 2018 ވަނަ އަހަރު ހިނގި ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓަކުން އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެވެ.

އެ އެކްސިޑެންޓްގައި އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓް ފިހި ބޮޑެތި އަނިޔާތަކެއް ލިބުނުއިރު އަހަރުތަކުގެ ތެރޭގައި އެކަމުގެ ފަރުވާގެ ގޮތުގައި އެތައް ސާޖަރީތަކެއް ކުރެވިފައިވެ އެވެ.

ޖޯއީ ޑިމިއޯ: އެހާރާއި މިހާރު

އެގޮތުން އޭނާއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް މޫނާއި ދަ އަތްތިލަ ޓްރާންސްޕްލާންޓްކުރި މީހާ އެވެ. އޭނާއަށް އާ މޫނެއް ހަދިޔާ ކޮށްފައިވަނީ ސްޓްރޯކެއް ޖެހިގެން މަރުވި 48 އަހަރުގެ މީހެކެވެ.

އޭގެ ފަހުން މިހާރު ހައެއްކަ އަހަރު ވެފައިވާއިރު އޭނާގެ ދިރިއުޅުން މަޑުމަޑުން ހަމައަކަށް އެޅިފައިވާ ކަމަށް ޖޯއީ ބުނެ އެވެ. އެގޮތުން ސާޖަރީއަށް ފަސް އަހަރު ފަހުން އޭނާއަށް ހަޔާތުގެ ބައިވެރިޔަކު ވެސް ވަނީ ލިބިފަ އެވެ.

ޖޯއީގެ ތަފާތުކަމާއެކު ވެސް އުމުރުން 32 އަހަރުގެ ޖެސިކާއަށް ޖޯއީ ކަމުދިޔައީ އޭނާގެ ހިތްވަރާއި ނުގުޑާފަދަ އަޒުމުގެ ސަބަބުން ކަމަށް ޖެސިކާ ބުނެފައިވެ އެވެ.

ޖޯއީގެ ހަޔާތަށް ބަލާލުމުން އެނގިގެންދަނީ އެންމެ އުނދަގޫ ހާލަތްތަކުން ވެސް އަރައިގަނެވޭނެ ކަމަށާއި ބޭނުންވަނީ ކުޑަ ހިތްވަރެއް ކަމަށް އޭނާ ބުނެ އެވެ.