އެމެރިކާގެ މަޝްހޫރު ސީރީޒްއެއް ކަމަށްވާ "ދަ ވެމްޕަޔާ ޑައިރީސް"ގެ ސްޕިންއޮފް ސީރީޒްއެއް ފެނިދާނެ ކަމުގެ އިޝާރާތެއް އެ ސީރީޒްގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ޖޫލީ ޕްލެކް ދީފި އެވެ.

ޖޫލީ ބުނީ ވެމްޕައާ ޑައިރީސްއާ ގުޅުވައިގެން އޭނާ އަދިވެސް ކިޔައިދޭން ބޭނުންވާ ވާހަކަތަކެއް އެބަހުރި ކަމަށާއި އެ ޚިޔާލުތަކަށް ޕްރޮޑަކްޝަން ކުންފުނި ވާނާސް ބްރޯސްގެ އާނބަސް ބޭނުންވާ ކަމަށެވެ.

އެލް ޖޭ ސްމިތުގެ ވާހަކަ ފޮތް ސީރީޒްއެއްގެ މައްޗަށް ބިނާކޮށް 2009 ން 2017 އަށް ކުރއަށް ގެންދިޔަ ވެމްޕަޔާ ޑައަރީސްއަށް ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވެ އެވެ.

ރޫހާނީ ކަންތައްތަކެއް އެކުލެވޭ "ދަ ވެމްޕައާ ޑައަރީސް"އަކީ ހާއްސަކޮށް ފުރާވަރު ކުދިންގެ މެދުގައި ވަރަށް މަގުބޫލުވި ސީރީޒްއެކެވެ.

އެހެން ކަމުން އެ ސީރީޒްގެ ސްޕިންއޮފް ބިނާ ވެގެންދާނީ އަސްލު ސީރީޒްގެ ކެރެކްޓަރެއްގެ ވަކި ހަޔާތުގެ މައްޗަށް ކަމަށް ބެލެވެ އެވެ.

"ވެމްޕައާ ޑައަރީސް"ގެ ސްޕިންއޮފް އަދި އުޅެނީ ޕްރީ ޕްރޮޑަކްޝަން މަރުހަލާގައި ކަމަށްވުމާއެކު ސީރީޒްގައި ފެނިގެންދާނެ އެކްޓަރުން އަދި ޔަގީނެއް ނުވެ އެވެ.

ކުރީގެ ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދިޔަ ތަރިންގެ ތެރޭގައި އިއާން ސަމަހެލްޑާ، ޕައުލް ވެސްލީ އަދި ނީނާ ޑޮބްރޭވް ހިމެނެ އެވެ.