މި އަހަރުގެ އުސްއަލިތަކަށް ބަލާލާއިރު އެންމެ ފާހަގަވެގެންދާނެ އެއް ކަމަކަށް ވާނީ ހަމަގައިމުވެސް އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެންޏެވެ. އިއްޔެ ކުރިއަށްދިޔަ އެ ކައިވެނީގެ މެހެމާނުންގެ ތެރޭގައި ބޮލީވުޑްއާއި ހޮލީވުޑްގެ ވެސް ނަން މަޝްހޫރު ޝަހްސިއްޔަތުތައް ހިމެނެ އެވެ.
ނިކް ޖޯނަސް
އަމްބާނީގެ ކައިވެނި ހަފްލާއަށް އެމެރިކާއިން އިންޑިއާއަށް އައި ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާއާއި އޭނާގެ ފިރިމީހާ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަދި އެ ދެމީހުންގެ ދަރިފުޅު މާލްތީ ހިމެނެ އެވެ.
ޖޯން ސޭނާ
ހޮލީވުޑްގެ އެކްޓަރު އަދި ރެޕް ލަވަކިޔުންތެރިޔާ ޖޯން ސޭނާ ވެސް ވަނީ އަމްބާނީގެ ހަފްލާއަށް ހާއްސަކޮށް މުމްބާއީއަށް އައިސްފަ އެވެ.
ކާޑޭޝަން އާއިލާ
ރިއަލިޓީ ސްޓާރުން ކަމަށްވާ ކްލޯއީ ކާޑޭޝަން އާއި ކިމް ކާޑޭޝަން އަމްބާނީގެ ދައުވަތަށް މުމްބާއީއަށް އައި މަންޒަރު މީޑިއާއަށް ވަނީ ފެނިފަ އެވެ.
ރެމާ
ދުނިޔޭގެ މިއުޒިކް ޗާޓުތަކުގެ ކުރީގައި އުޅުނު ލަވަ ކަމަށްވާ "ކާމް ޑައުން"ގެ ލަވަކިޔުންތެރިޔާ ރެމާގެ ހުށައެޅުމެއް ވެސް ވަނީ އަމްބާނީގެ ހަފްލާއިން ފެނިފަ އެވެ.
އެޑޭލް
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑޭލްއަށް ވެސް އަމްބާނީ އާއިލާއިން ބޮޑު އަގެއް ކިޔައި އާނަންތުގެ ކައިވެނީގައި ހުށައަޅައިދޭން ވަނީ ދައުވަތު ދީފަ އެވެ.
ސޯފީއާ ވަކިވިތާ ދެ އަހަރު ފަހުން ޖޯ އާ ލޯބިވެރިއެއް ހޯދައިފި
ޓްރަމްޕް ޖެހި ހުރަސްތައް ފޫއަޅުވާލާ އިރާނުގެ 34 ބޯޓު ދަތުރުކޮށްފި