ދުވަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް ބޮލީވުޑްގެ އެކްޓަރު ކެޓްރީނާ ކައިފް އާއްމުންގެ ތެރެއަށް ނުކުތުމާއެކު އޭނާ އަލަތު ދަރިފުޅަށް ބަލިވެ އިން ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އޮތް އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެނީގެ ހަފްލާއަށް ކެޓްރީނާ ގޮސްފައިވަނީ ފިރިމީހާ ވިކީ ކައުޝަލްއާ އެކުގަ އެވެ.

އެ ހަފްލާއަށް ކެޓްރީނާ ލައިގެން ހުރީ ގަދަ ރަތް ކުލައިގެ ސާރީ އެެކެވެ. އެ ހެދުމަކީ އާއްމު ގޮތެއްގައި އުނަގަނޑުގެ ބައެއް ފެންނަ ހެދުމެއް ނަމަވެސް ކެޓްރީނާ ސާރީ އަޅައިގެން ހުރިއިރު މުޅި ހަށިގަނޑު އެއްކޮށް ނިވާވެ އެވެ.

އެއާއެކު އެގޮތަށް އޭނާ ހެދުން އަޅާފައިހުރީ ބަނޑުބޮޑުކަން ފޮރުވަން ކަމަށާއި ކެޓްރީނާއަށް ބަލާލުމުން ވެސް އޭނާ ބަނޑުބޮޑުކަން އެނގޭ ކަމަށް މީހުން ގިނަ މީހުން ބުނެ އެވެ.

https://www.instagram.com/reel/C9U5A2WS84m/?igsh=MWZ3M3pheG9xazc1Yg==

އެހެން ނަމަވެސް ބައެއް މީހުން ބުނަމުން އަންނަނީ އޭނާގެ ބަނޑު ބޮޑުހެން ހީވަނީ ސާރީ އަޅާފައިހުރި ޑިޒައިންގެ ގޮތުން ކަމަށެވެ.

2021 ވަނަ އަހަރު ކައިވެނިކުރި ވިކީއާއި ކެޓްރީނާއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަމަށް އަޑު ފެތުރިފައި ވީނަމަވެސް އެ ދެމަފިރިން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

މިއަޑުތަކާ ބެހޭ ގޮތުން މީޑިއާއިން ވިކީއާ ސުވާލު ކުރުމުން އޭނާ ބުނީ އުފާވެރި ހަބަރެއް ލިބުމުން އެކަން ހިއްސާ ކުރާނެ ކަމަށެވެ.