އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައި ރައީސް އަށް ފަތްކޮޅު އަރުވާފައިވަނީ، ސްލޮވަކް ރިޕަބްލިކް، ކެމްބޯޑިއާ، އަޔަލެންޑް، ޗިލީ، އޮމާން، ޕެރޫ، ލައޯސް ޕީޕަލްސް ޑިމޮކުރަޓިކް ރިޕަބްލިކް އަދި ފިންލޭންޑުގެ ސަފީރެވެ.

އެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.

އަލަށް ކަނޑައެޅި ސަފީރުން

ސްލޮވަކް ރިޕަބްލިކް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ރޮބާޓް މެކްޝިއަންކެމްބޯޑިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ކޮއި ޔޮންގްއަޔަލެންޑް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ކެވިން ކެލީޗިލީ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ޖުއަން އަންގުލޯއޮމާން އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ އަހްމަދު އަލީ ސައިދު އަލް ރުޝްދިޕެރޫ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ޖެވިއަރ މެނުއަލް ޕައުލިނިޗް ވާލަޑެލައޯސް ޕީޕަލްސް ޑިމޮކުރަޓިކް ރިޕަބްލިކް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ބައުންމީ ވަންމަނީފިންލެންޑް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ކިންމޯ ލާހްޑެވިރްޓާ

މި ހުރިހާ ގައުމަކުން ވެސް ރާއްޖެއަށް ކަނޑައަޅާފައިވަނީ ނޮން-ރެސިޑެންޓް ސަފީރުންނެވެ. އެހެންކަމުން އެ ހުރިހާ ގައުމެއްގެ ސަފީރުން މަސައްކަތް ކުރައްވާނީ އިންޑިއާގެ ނިއު ދިއްލީގަ އެވެ.