ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ އެމާ ރޮބާޓްސް އާއި އޭނާގެ ލޯބިވެރިޔާ ކޮޑީ ޖޯން އެންގޭޖް ކޮށްފިކަން އިއުލާން ކޮށްފި އެވެ.

ދެ އަހަރު ދުވަހު އެކުގައި އުޅުމަށްފަހު އެ ދެމީހުން އެންގޭޖުވިކަން އާއްމުކޮށް އިއުލާން ކޮށްފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެމާ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އެމާއާއި ކޮޑީ އެކުގައި ފެންނައިރު އެމާގެ އިނގިލީގައިވާ އަނގޮޓި ވެސް ފެނެ އެވެ. އެ ފޮޓޯއާއެކު އެމާ ބުނެފައިވަނީ އޭނާގެ މަންމަ އެ ޚަބަރު އެންމެންނަށް ފެތުރުމުގެ ކުރިިން އޭނާ އަމިއްލައަށް ބުނީ ކަމަށެވެ.

https://www.instagram.com/p/C9feF3KJLdO/?utm_source=ig_embed&ig_rid=815091b0-a1a2-43ae-b521-c3249d7b9082

އުމުރުން 33 އަހަރުގެ އެމާ ކޮޑީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރީ 2022 ވަނަ އަހަރު އެވެ. އެއަށްފަހު އެ ދެމީހުން އެކުގައި ވަރަށް ގިނައިން ފެނެ އެވެ.

އެމާއާއި ކޮޑީ އެންގޭޖުވުމާއެކު ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ދެމީހުންގެ ކައިވެނި ވެސް އޮންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އެމާއަކީ ހޮލީވުޑްގައި ނަންކިޔާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އެގޮތުން އޭނާގެ ފިލްމު "ސްކްރީމް 4"އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެެވެ.