ހަނދުގައި އިންސާނީ ނަސްލު އާލާކުރަން ހުރި ހުރަސްތަކާ ބެހޭ ގޮތުން ސައިންސްވެރިން އަބަދުވެސް ވާހަކަ ދައްކަ އެވެ. އެގޮތުން ހަނދުގެ ބިމުގައި އެކުލެވޭ ބައެއް މާއްދާތަކަކީ އިންސާނުންނަށް ނުރައްކާތެރި މާއްދާތަކެއް ކަން ކުރިން އެނގިފައިވެ އެވެ.

އެހެން ނަމަވެސް ހަނދުގެ ބިމުއަޑިން ހޮހޮޅައެއް ހޯދިފައިވާއިރު މިއީ އިންސާނުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ފުރަތަމަ ތަހުލީލުތަކުން ވަނީ ދައްކާފަ އެވެ.

ބޮޑު އާނގަވަޅަކަށް ހުޅުވިފައިވާ ދިހަ މީޓަރަށް ވުރެ ދިގު ސަރަހައްދަކަށް ފެތުރިފައިވާ އެ ހޮހޮޅައަކީ ކުރިއަށް އޮތް ތަނުގައި ސައިންސްވެރިންނަށް އެހީއަކަށް ވާނެ ކަމަށް ބެލެވެ އެވެ.

އެގޮތުން ހަނދާ ބެހޭގޮތުން ކުރާ ދިރާސާތަކުގައި ހަނދަށް ޖައްސާ ސައިންސްވެރިންގެ ބޭނުމަށް އެތަނުގައި ޖައްވީ ސްޓޭޝަނެއް އިމާރާތް ކުރަން ވިސްނާ ކަމަށް ހަބަރުތައް ބުނެ އެވެ.

މިއީ އިންސާނުންނަށް ވަދެވޭ ގޮތަށް ހުރި ހަނދުން ފެނުނު އެންމެ ފުރަތަމަ ހޮހޮޅަ އެވެ. މީގެ ކުރިން ފެނުނު ހޮހޮޅަތަކަށް ވަދެވޭނެ ގޮތެއް ފެނިފައެއް ނުވެ އެވެ.