ހުޅުމާލެ އިން ހިލޭ ދޫކުރި ބިންތަކާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު މާލީ ގެއްލުން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.
އޮޑިޓް ހެދުމަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ އޮޑިޓް ހެދުމަށް ހުށަހެޅުއްވި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ވިދާޅުވީ ގޯތި ދޫކުރުމުގެ އޮޑިޓް ހުށަހަޅަނީ އެއްގޮތަކަށް ވެސް ގޯތިތައް އަނބުރާ ނެގުމަށް ނޫން ކަމަށާއި އޮޑިޓް ހަދަނީ އެޗްޑީސީއަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ކަމަށެވެ. ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މިފަދަ ކަންކަން ކުރާ އިރު ކުންފުނިތަކަށް މާލީ ގެއްލުން ލިބިފައިވަނީ ކިހާވަރަކަށްކަން ބަލަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުޅުމާލެއިން ދޫކުރަން ނިންމި ގޯތިތައް ހިލޭ ދިނުމުން އެޗްޑީސީއަށް 10 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއްވިކަމަށް އޮޑިޓް އޮފީހުން 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރިވިއުކުރުމަށް ފަހު އެ އޮފީހުން ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވެ އެވެ.
ޕެނަލްޓީ ޖަހައިގެން ދިރާގުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު
ރަސްގެފާނު ކަނޑު ފެއްތުމަށްހަފު ޖަހައިގަތް ވެރިކަން
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!