އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމްގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އިންޑިއާ ސަފީރު މުނޫ މަހާވަރު މަޖިލިސް ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުން ހާމަކޮށްފައެއްނުވެ އެވެ.

އިންޑިއާ ސަފީރު، މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވިއިރު އިންޑިއާގެ ބަޖެޓުން މީގެކުރިން ރާއްޖެ އަށް ދެމުން ދިޔަ އެހީ ކުޑަ ކުރުމަށް، އެގައުމުގެ އައު ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

މި އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމާއި ގުޅިގެން ދެ ގައުމު ދެމެގައިވާ ގުޅުމަށް ހީނަރުކަމެއް އައިސްފަ އެވެ.