މިހާރު ސިނަމާތަކުގައި އަޅުވާފައިވާ "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" މިވަނީ އެންމެ ތިން ހަފްތާ ތެރޭގައި ބޮކްސް އޮފީހުގައި ތާރީހީ ކާމިޔާބީއެއް ހޯދައި، ދުނިޔޭގެ ފެންވަރުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފަ އެވެ.
މި ކާމިޔާބީއާއެކު، މުޅި ދުނިޔޭގެ ސިނަމާ ތާރީހުގައި 2 ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި މަދު ފިލްމުތަކުގެ ތެރެއިން 8 ވަނަ ފިލްމުގެ ގޮތުގައި މި ފިލްމު ވަނީ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.
ޓޮމް ހޮލެންޑް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ، "އެވެންޖާސް: އެންޑްގޭމް"އަށްފަހު އެންމެ އަވަހަށް މި ލަނޑުދަނޑި ހާސިލުކުރި ދެވަނަ ފިލްމެވެ.
މިހާތަނަށް މިހާ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ 2 ބިލިއަން ޑޮލަރުގެ ކްލަބުގައި ހިމެނޭ އެހެން ފިލްމުތަކުގެ ތެރޭގައި އެވެޓާ، އެވެންޖާސް: އެންޑްގޭމް، އެވެޓާ: ދަ ވޭ އޮފް ވޯޓާ، ޓައިޓޭނިކް، ސްޓާ ވޯސް: ދަ ފޯސް އަވޭކަންސް، އެވެންޖާސް: އިންފިނިޓީ ވޯ، އަދި ނޭ ޒާ 2 ހިމެނެ އެވެ.
ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ، ސްޕައިޑަމޭންގެ ސޯލޯ ފިލްމުތަކުގެ ތެރެއިން ދެ ބިލިއަން ޑޮލަރު ހުރަސްކުރި ފުރަތަމަ ފިލްމުކަން ފާހަގަ ކޮށްލެވެ އެވެ.
މީގެ ކުރިން ނުކުތް "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ވެސް މި ލަނޑުދަނޑިއާ ވަރަށް ގާތަށް ދިޔަ ނަމަވެސް، އެ ފިލްމު ޗައިނާގެ ބާޒާރުގައި ރިލީޒް ނުކުރެވުމުގެ ސަބަބުން ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެއް ނުވެ އެވެ.
މި ފިލްމުގެ ކާމިޔާބީއަކީ މާވެލްގެ ކެރެކްޓަރުންނަށް އޮތް ލޯތްބާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފޭނުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބުގެ ނަތީޖާއެއް ކަމަށް ފިލްމީ ދާއިރާގެ މާހިރުން ބުނެ އެވެ.
ގޭގައި ދަތްތައް ހުދު ކުރާނެ ގޮތް މާހިރުން ބުނެދީފި
"އާވާރާޕަން 3"ގެ މަސައްކަތް ފަށަން ތައްޔާރުވަނީ؟
ބޯހިޔާވަހިކަމުގެ ފޯމްގައި މައްސަލަ އުޅޭނަމަ އިސްލާހުކުރަން ދެނީ