މީހަކު ބަރަހަނާކޮށް ބިރުދައްކައިގެން ކޭޝްކާޑުން ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް ބިރުދައްކައިގެން ކޭޝްކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓްގައިވާ ފައިސާ ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވޭ ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 26 އަހަރުގެ މީހަކައި 35 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެކަކު 30 ދުވަހަށް އަނެކަކު 60 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
އެ ދެ މީހުން ފޭރުނު ފައިސާ ހޯދިފައިވާކަން ނުވަތަ ނޫންކަން ފުލުހުން އަދި ނުބުނެ އެވެ.
އޭޝިއާ ސަރަހައްދުގައި ސައިބާ ކުށްތައް އިންތިހާއަށް އިތުރުވަނީ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި
