ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މޭގަން ފޮކްސް އިނީ އޭނާގެ ހަތަރުވަނަ ދަރިފުޅަށް ބަލިވެ ކަމަށް މީޑިއާގައި އަޑު ފެތުރެން ފަށައިފި އެވެ.

މި އަޑުތައް ގަދަވެފައި މިވަނީ ދާދި ފަހުން ނުކުތް މޭގަންގެ ބައިވެރިޔާ އެމްޖީކޭގެ މިއުޒިކް ވީޑިއޯއެއްގައި އޭނާ ބަނޑުބޮޑު ކަމަށް ފެނުމުންނެވެ.

އެ ވީޑިއޯގައި ބަނޑުބޮޑު މީހެއްގެ ރޯލުން މޭގަން ފެނުމާއެކު އަސްލު ދިރިއުޅުމުގައި ވެސް މޭގަން ބަނޑުބޮޑު ކަމަށް އަޑު ފެތުރެން ފެށި އެވެ.

https://www.youtube.com/watch?time_continue=10&v=b6-JNeXxN3s&embeds_referring_euri=https%3A%2F%2Fwww.thehollywoodgossip.com%2F&source_ve_path=Mjg2NjY

އެހެން ނަމަވެސް އެ ހަބަރުތަކުގައި އެއްވެސް ހަގީގަތެއް ނުވާ ކަމަށާއި މޭގަން އަދާކުރީ އެކްޓަރެއްގެ ރޯލު ކަމަށް ކަމާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

އެއާއެކު އެ ވީޑިއޯގެ މަގްސަދަކަށްވީ އެއްވެސް ހާލެއްގައި މޭގަން ބަލިވެ އިންކަން ދޭހަވާ ފަދަ ގޮތަކަށް މަންޒަރު ދެއްކުން ނޫން ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.

މޭގަން ވަނީ އޭނާގެ ހަޔާތާ ބެހޭގޮތުން ލިޔުނު ފޮތުގައި ހަތަރުވަނަ ދަރިއަކަށް ބަލިވެ އިން ނަމަވެސް ބައިގެންދިޔަކަން ހާމަކޮށްފަ އެވެ.