ޖަސްޓިން ބީބާއާއި އޭނާގެ އަންހެނުން ހެއިލީ ބީބާއަކީ ހޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރިންގެ ތެރޭގައި ގުނާލެވޭ ތަރިންނެވެ.

އެހެން ނަމަވެސް ނިމިގެންދިޔަ އަނަންތު އަމްބާނީގެ ކައިވެނި ހަފްލާތަކުގައި ޖަސްޓިން 10 މިލިއަން ޑޮލަރުގެ ބޮޑު އަގަކަށް ހުށައަޅައިދިނުމުން ސުވާލުތައް އުފެދުނެވެ. ޖަސްޓިންގެ މިލްކިއްޔާތުގައި މިހާރު ވެސް 300 މިލިއަން ޑޮލަރު ހުރިއިރު އެހާ ބޮޑު އަގެއް ނަގަން ޖެހުނު ސަބަބާމެދު އާއްމުންނާއި މީޑިއާތަކުން ވެސް ދިޔައީ އެކި ކަހަލަ ވާހަކަތައް ފަތުރަމުންނެވެ.

އެގޮތުން ޖަސްޓިންގެ އަންހެނުން ހެއިލާގެ ދިރިއުޅުން ހުންނަ ގޮތުން އޭނާގެ ހަރަދުތައް ބަލަހައްޓަން ޖަސްޓިންއަށް ދަތިވެ މާލީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ހެއިލާގެ އަތުގައި އެންމެ ފަހުގެ އަގުބޮޑު ޑިޒައިނާ ދަބަސްތަކާއި ހެދުންތައް ހުންނައިރު އޭނާއަކީ އާއްމު ދިރިއުޅުމުގައި ވެސް ވަރަށް ހަރަދުބޮޑު މީހެއްގެ ގޮތުގައި ނޫސްވެރިން ފާހަގަކޮށްފައިވެ އެވެ.

އެ ދެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އިން ހެއިލީ ވަނީ ވަރަށް ފަހުން ވެސް ލޮސް އެންޖެލަސްގެ އަގުބޮޑު ފިހާރައަކުން ފެނިފައި ކަމަށްވެ އެވެ.