ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖަސްޓިން ބީބާއާއި ހެއިލީ ބީބާއަށް ލިބެން އުޅޭ ދަރިފުޅުގެ ޖިންސު އަންގައިދޭ އިޝާރާތެއް ޖަސްޓިން ދީފި އެވެ.

އެކްސްގައި ޖަސްޓިން އާއްމުކުރި ފޮޓޯއެއްގައި އޭނާއާއި ހެއިލީ އައްޔެއްގެ ކުރިމަތީގައި ހުއްޓިގެން ހުންނައިރު ފަހަތުން ކޮންމެވެސް ވަރަކަށް ނޫކުލަ ފެނެ އެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ އެ ދެމިފިރިންނަށް ލިބެން އުޅެނީ ފިރިހެން ކުއްޖެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންނެވެ.

މިކަން ޖަސްޓިންއާއި ހެއިލީ ކުރެ އެކަކުވެސް ސީދާ ޔަގީން ކޮށްދީފައި ނުވާއިރު އެ ދެމީހުން އަންނަނީ އެ މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަން އާއްމުކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އަހަރުތަކެއް ވަންދެން އެކުގައި އުޅުމަށްފަހު ޖަސްޓިންއާއި ހެއިލީ އެންގޭޖްވީ 2018 ވަނަ އަހަރު އެވެ. އެ ދެމީހުން ކައިވެނިކުރީ ހަމަ އެ އަހަރުގެ ފަހުކޮޅު އެވެ.

އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފައިވަނީ މި އަހަރުގެ މެއި މަހު ޖަސްޓިން އާއްމުުކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.