ބޮހީވުޑްގެ "ޗޮކްލެޓް ބޯއީ"ގެ ގޮތުގައި މަޝްހޫރު ވެފައިވާ އިމްރާން ޚާން ވަނީ އޭނާގެ ކެރިއަރުގައި ތަފާތު ފިލްމުތަކެއް ކުޅެފަ އެވެ. އެ ފިލްމުތަކަށްޓަކައި އޭނާގެ ހަށިގަނޑަށް ގެނައި ބަދަލުތަކަކީ ވެސް އާއްމުންގެ ސަމާލުކަމަށް އައި ކަމެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އިމްރާން ވަނީ ރީތި ހަށިގަނޑެއް ދެމެހެއްޓުމަށް އެކްޓަރުންނަށް އޮންނަ "ޕްރެޝަރު"އާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އިމްރާން ބުނެފައިވަނީ ހިންދީ ފިލްމުތަކަށް އަންނަމުންދާ ބަދަލުތަކާއެކު ފިރިހެން އެކްޓަރުން ވެސް ރީތި ހަށިގަނޑެއް ބެހެއްޓުމަކީ މުހިއްމު ކަމަކަށް ވެފައިވާ ކަމަށާއި އެހެން ނޫންނަމަ ފުރުސަތުތައް ގެއްލޭ ކަމަށެވެ. އެގޮތުން އިމުރާން ވަނީ މީގެ ކުރިން އޭނާގެ ހަށިގަނޑު ރީތި ކުރުމުގެ ބޭނުމުގައި ސްޓީރޮއިޑް ބޭސްތައް ބޭނުންކުރި ކަމަށް އެއްބަސްވެފަ އެވެ.

"ސަލްމާންއާއި ސަންޖޭ ފަދަ އެކްޓަރުން ފަދައިން ހަށިގަނޑު ރީތި ކުރަން ސްޓީރޮއިޑްސް ބޭސް ބޭނުން ކުރިން،" އިމްރާން ބުންޏެވެ.

ބޮލީވުޑްގެ ކެރިއަރު ފެށިއިރު ހިކިތޮޅިކޮށް ހުރި އިމްރާން ވަނީ އަހަރުތަކުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް "ސިކްސް ޕެކް" ހީރޯއަކަށް ވެފަ އެވެ.

"އައި ހޭޓް ލަވް ސްޓޯރީސް"، "ޖާނޭ ތޫ ޔާ ޖާނޭނާ" އަދި "އެކް މޭ އޯރް އެކް ތޫ" ފަދަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ އިމްރާންއަކީ ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންއަށް ބޮޑުބޭބެ ކިޔާ ތަރި އެކެވެ.