ކޭޕޮޕް ބޭންޑެއް ކަމަށްވާ ދެކުނު ކޮރެއާގެ ބީޓީއެސްގެ މަޝްހޫރު ތަރި ސުގާ މަސްތުގެ ހާލަތުގައި ހުރެގެން އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ސިއޯލްގެ މަގުމަތިން ސުގާ ހުއްޓުވާފައި ވަނީ އިލެކްޓްރިކް ސްކޫޓަރެއް ދުއްވަމުން ދަނިކޮށް ކޮންޓްރޯލް ނުކުރެވި ވެއްޓުމުންނެވެ. އެ ހާދިސާއަށްފަހު އުމުރުން 31 އަހަރުގެ ސުގާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުންނާއި ފުލުހުންގެ ކިބައިން މައާފަށް އެދިފަ އެވެ
ސުގާ ބުނެފައި ވަނީ އޭނާ ސްކޫޓަރުގައި ދަތުރު ފެށީ ގެއަށް ދާން އޮތް މަގު ވަރަށް ކުރު ކަމަށް ހިތައިގެން ކަމަށާއި އެހެން ނަމަވެސް އެއީ ޓްރެފިކް ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށެވެ.
"އަހަރެންގެ ގެ ކައިރިއަށް އައި އިރަށް ވެއްޓުނީ. އެ ވަގުތު އެ މަންޒަރު ފެންނަ ހިސާބުގައި ފުލުހެއް ވެސް ހުރި،" ސުގާ ބުނެފައިވެ އެވެ.
ފުލުހުން ބުނީ ސުގާގެ ކިބައިން މަސްތުގެ އަސަރުތައް ފެނުމާއެކު ކައިރީގައި ހުރި ފުލުސް އޮފީހަކަށް ގެންގޮސް މައްސަލަ ރިޕޯޯޓު ކުރެވިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބީޓީއެސްގެ ބެލެނިވެރި ހައިބްއިން ބުނެފައި ވަނީ ސުގާއާ ދެކޮޅަށް އަޅާ ފިޔަވަޅަކަށް އެ ކުންފުނީގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށެވެ.
ސުގާ މިހާރު އަންނަނީ ސޯޝަލް ސާވިސް އޭޖެންޓެއްގެ މަގާމުގައި ދެކުނު ކޮރެއާގެ ގާނޫނު މަޖުބޫރުކުރާ އަސްކަރީ ހިދުމަތް ފުރިހަމަ ކުރަމުންނެވެ.