ފާއިތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ހަފްލާ ކަމަށްވާ އޮސްކާ އެވޯޑްސް ހުށައަޅައިދިނީ އެމެރިކާގެ ޓީވީ ހޮސްޓް އަދި ކޮމީޑިއަން ޖިމީ ކިމެލް އެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ އޮސްކާ އެވޯޑްސް ހަފްލާ ހުށައަޅަން ލިބުނު ފުރުސަތު ޖިމީ ދޫކޮށްލުމުން އެއީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލުކުރަން ފެށި އެވެ. މި ސުވާލުތަކަށް ޖަވާބު ދެމުން ޖިމީ ބުނެފައިވަނީ އޮސްކާގެ މަސައްކަތްތައް ކުރަމުން އޭނާގެ އަމިއްލަ ޝޯއަށް ވަގުތު ދޭން ދަތިވާ ކަމަށެވެ.
"ޖިމީ ކިމެލް ލައިވް"ގެ ނަމުގައި ޓޯކް ޝޯއެއް ހުށައަޅައިދޭ ޖިމީ އިތުރަށް ބުނީ އޮސްކާ ހުށައަޅައިދޭ ދުވަސްވަރު އޭނާގެ ޝޯއަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށެވެ.
"ދެކަންތައް އެއްފަހަރާ ކުރަންވީމަ އުނދަގޫތަކާ ކުރިމަތިވޭ. ހަގީގަތަށް ބުނަންޏާ ޝޯއަށް އެކަމުގެ ނޭދެވޭ އަސަރުވެސް ކުރޭ" ޖިމީ ބުންޏެވެ.
2017، 2018، 2023 އަދި 2024 ވަނަ އަހަރު ޖިމީ އޮސްކާ އެވޯޑް ހުށައަޅައިދންއިރު އޭނާގެ ހުށައެޅުމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
އަންނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު ބާއްވަން ހަަމަޖެހިފައިވާ އޮސްކާ އެވޯޑްސް ހުށައަޅާނެ ފަރާތެއް އަދި ޔަގީންނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ދުނިޔެ އަށް ފައިސާ ފޯރު ކޮށްދިން ރާއްޖެ، ފަގީރު ވީ ކިހިނެއް؟
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި