ބުރުސޫރު ރީތިކުރުމަށްޓަކައި ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި ޚުޝީ ކަޕޫރު ދާދި ފަހުން އެއްބަސްވެއްޖެ އެވެ.

ސަޕޯޓަރެއްގެ އިންސްޓަގުރާމް ޕޭޖްގައި އެކަމަށް އެއްބަސްވަމުން ޚުޝީ ބުނެފައިވަނީ ބޮލީވުޑަށް ނުކުތުމުގެ ކުރިން އޭނާގެ ނޭފަތް ރީތިކުރަން "ނޯސް ޖޮބް"އެއް ހެދި ކަމަށެވެ.

އެ ސަޕޯޓަރު އޭނާގެ އިންސްޓަގްރާމަށް ލީ ވީޑިއޯގައި ޚުޝީގެ ކުޑައިރުގެ މަންޒަރެއް ފެންނައިރު އެއާއެކު ބުނެފައިވަނީ ލިޕް ފިލާސް ހެދުން ފިޔަވައި އިތުރު ތަފާތެއް އޭނާގެ މޫނުމަތިން ނުފެންނަ ކަމަށެވެ. އެ ވީޑިއޯއަށް ކޮމެންޓް ކުރަމުން ޚުޝީ ބުނީ ލިޕް ފިލާސްގެ އިތުރުން ނޭފަތް ރީތިކުރަން ނޯސް ޖޮބްއެއް ވެސް އޭނާ ހަދާފައިވާ ކަމަށެވެ.

ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް އެއްބަސްވެ ޚުޝީ ކޮށްފައިވާ ކޮމެންޓް

"ދަ އާޗީސް"އިން ބޮލީވުޑަށް ތައާރަފްވި ޚުޝީގެ ކުރިއަށް އޮތް މަސައްކަތަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންއާއެކު ފެނިގެންދާ "ލަވް ޓުޑޭ"ގެ ހިންދީ ރީމޭކް ފިލްމެވެ.

ޚުޝީއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސްރީދޭވީއާއި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ހަގު ދަރިފުޅެވެ. ސްރީދޭވީގެ ދަރިއަކަށްވުމާއެކު ގިނަބަޔަކު ސްރީދޭވީއާއި އޭނާ އަޅާކިޔަ އެވެ.