މިހާރު އުޅެމުން އެ އަންނަނީ އޭނާގެ އެންމެ އުފާވެރި ދިރިއުޅުން ކަމަށް 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި ތަރި ސައިފް އަލީ ޚާން ބުނެފި އެވެ.

ސައިފް މި ބީދައިން ބުނެފައިވަނީ އޭނާގެ 54 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ. ސައިފް ވަނީ އޭނާގެ އެންމެ ކުޑައިރުގެ ހަނދާންތައް ވެސް ހިއްސާ ކޮށްފަ އެވެ. އެގޮތުން އެންމެ ތުއްތުއިރު ސައިފްގެ މައިންބަފައިން އޭނާގެ އުފަންދުވަސް ފާހަގަކުރި ގޮތް އަދިވެސް ހަނދާން އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މިއަދު އޭނާގެ އުފަންދުވަހު އެންމެ އުފާވަނީ އޭނާގެ ދެ ދަރިން ކަމަށާއި އެ ކުދިން އޭނާގެ އުފަންދުވަހު ހަދިޔާ އާއި ކާޑުތައް ތައްޔާރުކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އޭގެ އިތުރުން ސައިފް ބުނެފައި ވަނީ މިހާރު އޭނާ ބޭނުން ވަނީ އާއިލާއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އާ ތަޖުރިބާތައް ކުރަން ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް އަހަރަކީ އޭނާއަށާއި އޭނާގެ އާއިލާއަށް އުފާވެރި އަހަރަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ސައިފްގެ ވާހަކަ ނިންމާލަމުން އޭނާ ބުންޏެވެ.