ދެހާސް ހަތަރު ވަނަ އަހަރު ނުކުތް ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ކެޓް ވުމަން"އަށް ފާޑުކިޔާ ފަރާތްތަކަށް އެ ފިލްމުގެ ލީޑު އެކްޓަރު ހޭލް ބެރީ ރައްދުދީފި އެވެ.

އެ ފިލްމަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން "ދަ ޓުނައިޓް ޝޯ"އަށް ދިން އިންޓަވިއުއެއްގައި ހޭލް ބުނެފައިވަނީ އޭނާއަށް އެ ފިލްމު ކަމުދާ ކަމަށެވެ.

ކެޓް ވުމަންއަށް ފިލްމް ކްރިޓިކްސްގެ ފަރާތުން ނެގެޓިވް ރިވިއުތަކެއް ލިބިފައިވާއިރު އެ ފިލްމުގައި ހޭލް ދައްކައިދިން އެކްޓިންއަށް އެންމެ ދަށް އެކްޓްރެސްގެ އެވޯޑު ވެސް އޭނާއަށް ލިބުނެވެ.

ހޭލް އިތުރަށް ބުނީ މިހާރުގެ ކުޑަކުދިންނަށް ވެސް އެ ފިލްމު ކަމުގޮސް އޭރުގެ ޒުވާނުންނަށް ފިލްމު ކަމުނުދިޔައީ ކީއްވެގެންތޯ ސުވާލުކުރާ ކަމަށެވެ.

ކުރިއަށް އޮތް ފިލްމެއްގައި އެ ކެރެކްޓަރު އަލުން ކުޅެފާނަންތޯ އެހުމުން ހޭލް ބުނީ އޭނާއަށް ފިލްމު ޑައިރެކްޓް ކުރަން ލިބޭނަމަ އެއީ އެކަށީގެންވާ ކަމެއް ކަމަށެވެ.

2000ގެ ކުރީކޮޅު "ކެޓް ވުމަން" ކޮމިކް ފޮތްތަކަށް ޒުވާނުންނާއި ކުޑަކުދިންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް އެ ވާހަކައިގެ މައްޗަށް އުފެއްދި ފިލްމަށް ލިބުނީ ފިނި ތަރުހީބެކެވެ.