ކައިވެނި ރޫޅުނުތާ ހަ އަހަރު ފަހުން ބެން އެފްލިކް އާއި ޖެނިފާ ގާނާ އެ މީހުންގެ ދަރިންނާއެކު ޖަޕާނުގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ އާއިލާއިން އެކުގައި ޗުއްޓީ ހޭދަކޮށްފައި މިވަނީ އެމީހުންގެ ދޮށީ ދަރިފުޅު ވައިލެޓް ޔުނިވާސިޓީ ފެށުން ފާހަގަ ކުރުމަށެވެ.

ކައިވެނި ރޫޅުމަށްފަހު ވެސް އެ ދެމީހުންގެ ދަރިންގެ ހައްގުގައި ޖެނިފާއާއި ބެން އެކިފަހަރު މަތިން އެކުގައި ވަގުތު ހޭދަކުރާ މަންޒަރު މީޑިއާއަށް ވަނީ ފެނިފަ އެވެ.

ބެންއާއި ޖެނިފާ އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައި މިވަނީ ޖެނިފާ ލޮޕޭޒްއާއެކު ބެން ކުރި ދެވަނަ ކައިވެނި ވެސް ރޫޅި އެ މައްސަލަ ކުރިއަށް ދަނިކޮށެވެ. އަދި 2005 ވަނަ އަހަރު ކައިވެނިކުރި ބެން އާއި ޖެނިފާގެ ކައިވެނި ރޫޅުނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ.