ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީގެ ދަރިފުޅު ޕެކްސްގެ ސިއްހީ ހާލަތާ މެދު ބްރެޑް ހުރީ އަދިވެސް ކަންބޮޑުވެ ހާސްވެފައި ކަމަށް ހަބަރުތައް ބުނެފި އެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ހިނގި ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓެއްގައި ޕެކްސްއަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާވެސް ވަނީ ދީފަ އެވެ.

ބްރެޑްއާއި ޕެކްސްގެ ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި ޕެކްސްއަށް މިފަދަ ކަމެއް ދިމާވުމުން ބްރެޑް އިތުރަށް ހާސްވެފައިވާ ކަމަށް ބުނުވެ އެވެ.

އެހެން ނަމަވެސް އާއިލާގެ އެކި މެމްބަރުން މެދުވެރިކޮށް ޕެކްސްގެ ހާލަތު ވަރަށް ކައިރިން ބްރެޑް ބަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ބްރެޑް އަބަދުވެސް ބޭނުންވަނީ އޭނާގެ ދަރިންނަށް އެންމެ ރަނގަޅު ގޮތްވުން" ބްރެޑްއާ ގާތް ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނެފައިވެ އެވެ.

ޕެކްސްގެ އެކްސިޑެންޓާއެކު އެންޖެލީނާއާއި ޕެކްސްގެ އެއްބަނޑު އެއްބަފާ އެހެން ކުދިން ވެސް އަންނަނީ އޭނާއާއެކް ވަގުތު ހޭދަ ކުރަމުންނެވެ.

ޕެކްސްގެ އެކްސިޑެންޓް ކުރިމަތިވެފައިވަނީ ބްރެޑްއާއި އެންޖެލީނާގެ ކައިވެނީގައި މައްސަލަޖެހި ވަރިއަކަށް މިސްރާބު ޖަހާފައިވާ ކަމަށް ހަބަރު ފެތުރެމުން އަންނަ ދަނޑިވަޅެއްގަ އެވެ.