މަޝްހޫރު ކާޓޫން ފިލްމު "ދަ ސިމްޕްސަންސް"ގެ ލައިވް އެކްޝަން ފިލްމެއް ހަދަން އުޅޭ ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރެން ފަށައިފި އެވެ.

މި އަޑުތައް ފެތުރިފައި މިވަނީ ޔޫޓިއުބްގައި "ދަ ސިމްޕްސަންސް" ލައިވް އެކްޝަން ފިލްމުގެ ޓްރެއިލާއެއް ކަމަށް ބުނާ ވީޑިއޯއެއް ދައުރުވާން ފެށުމުންނެވެ.

އެ ވީޑިއޯގައި ސިމްޕްސަންސްގެ ލީޑު ކެރެކްޓަރު ކަމަށްވާ ހޯމާގެ ރޯލުން ފެނިގެންދަނީ ހޮލީވުޑްގެ ކާމިޔާބު ތަރި އެޑަމް ސޭންޑްލާ އެވެ.

ސޭންޑްލާގެ އިތުރުން ވެސް ކްރިސްޓަން ވިގް، ޖޭކޮބް ޓްރެމްބްލީ އަދި ޔަންގް ޝެލްޑަންގެ ތަރި މެކެނާ ގްރޭސް ވެސް އެ ޓްރެއިލާއިން ފެނިގެންދެ އެވެ.

https://www.youtube.com/watch?v=cebAbnGR3ys

އެހެން ނަމަވެސް އެ ޓްރެއިލާއަކީ އަސްލު ކަމެއް ސިމްޕްސަންސްގެ ޕްރޮޑިއުސަރުން ނުވަތަ އެ ވީޑިއޯއިން ފެންނަ ކާސްޓުން ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އެއާއެކު ވީޑިއޯގެ ކޮލިޓީއާއި އާއްމުކޮށްފައިވާ ޗެނަލުގެ ގޮތުން ވެސް އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއްކަން އެނގިގެންދެ އެވެ.

މިކަން ފާހަގަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ސިމްޕްސަންސް"ގެ ސަޕޯޓަރުން އަންނަނީ އެ ވީޑިއޯ އާއްމުކުރި ފަރާތަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.