މަޝްހޫރު ލަވަކިޔުންތެރިޔާ ނިކީ މިނާޖްއަށް ސަޕޯޓުކުރާ މީހަކު ނިކީއަށް އަބުރުގެ ދައުވާކޮށް ފަސް މިލިއަން ޑޮލަރުގެ ބަދަލު ހޯދަން ހުށައަޅައިފި އެވެ.

އުމުރުން 28 އަހަރުގެ ތަމީރް ޕީކް ނަމަކަށް ކިޔާ އެ މީހާ ލޮސް އެންޖެލަސްގެ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ނިކީގެ ސަބަބުން އޭނާއަށް ނަފްސާނީ އަދި މާލީ ގެއްލުންތަކާ ކުރިމަތިވެ އަބުރަށް ވެސް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

ތަމީރުއަކީ ފައިސާއަށްޓަކައި ނިކީގެ ކެރިއަރަށް ގެއްލުން ދޭން މަސައްކަތްކުރާ މީހެއް ކަމަށް 2017 ވަނަ އަހަރު ނިކީ ތުހުމަތު ކޮށްފައިވާ ކަމަށް ތަމީރު ބުނެފައިވެ އެވެ.

ހަމައެއާއެކު ނިކީގެ ފިރިމީހާ ވެސް ސުޕަ ބައުލް އިވެންޓެއްގެ ތެރެއިން އޭނާއަށް ގެއްލުންދޭން މަސައްކަތް ކުރި ކަމަށް ތަމީރު ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ތަމީރުއަކީ މީގެ ކުރިންވެސް މިފަދަ މައްސަތަކެއް ހުށައަޅާފައިވާ ފަރާތެކެވެ. މިހާރުވެސް އޭނާގެ ނަމުގައި ދެ މައްސަލައެއް ކޯޓުގައި އެބަ އޮތެވެ.

މިކަމާ ގުޅިގެން ނިކީގެ ވަކީލު ބުނެފައިވަނީ ތަމީރު މަސައްކަތް ކުރަމުން ދަނީ ނިކީއަށް ފުރައްސާރަކޮށް ނާޖާއިޒު ފައިދާ ހޯދުމަށް ކަމަށެވެ.