ގްރެމީ އެވޯޑްގެ މިލްކުވެރިޔާ ޑުއާލިޕާގެ ކޮންސެޓެއް އަންނަ ނޮވެމްބަރު މަހު އިންޑިއާގެ މުމްބާއީގައި އޮންނާނެކަން އިއުލާން ކޮށްފި އެވެ.

އިންސްޓަގްރާމްގައި އެކަން އިއުލާން ކުރަމުން ޑުއާލިޕާ ބުނެފައިވަނީ އިންޑިއާއަށް އެނބުރި އަންނަނީ ކަމަށާއި އެގައުމުގައި ހުށައަޅަން ކެތްމަދުވެފައިވާ ކަމަށެވެ.

އެއާއެކު އިންޑިއާއަކީ އޭނާގެ ހިތުގައި ހާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައިވާ ގައުމެއް ކަމަށް ވެސް ޑުއާލިޕާ އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

https://www.instagram.com/p/C_EEovqsE6x/?igsh=dHEzanB6Z3YxNTdy

"އިންޑިއާގެ ރައްޔިތުންގެ ފަރާތުން ލިބުނު އިހްތިރާމާއި ލޯތްބަކީ ފާހަގަ ކޮށްލެވޭ ކަމެއް. އަނބުރާ ދާން މިހުރީ ކެތްމަދުވެފައި" ޑުއާލިޕާ ބުންޏެވެ.

މިއީ ޑުއާލިޕާ އިންޑިއާގައި ކޮންސެޓް ދޭ ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާގައި އޭނާ ދިން ކޮންސެޓަށް ވެސް ހޫނު ތަރުހީބެއް ލިބުނެވެ.

އެފަހަރުގެ ދަތުރުގައި ޑުއާލިޕާ ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ކެއިންބުއިމުގެ އިތުރުން ވެސް އެގައުމުގެ އެކި ކަހަލަ ތަޖުރިބާތައް ކޮށްފަ އެވެ.