މައިބަދައިގެ އަނިޔާއާއެކު ވެސް ބޮލީވުޑްގެ ތަރި ސަލްމާން ޚާން އޭނާގެ މަސައްކަތަށް ފަސް ނުޖެހުމުން ގިނަ ބަޔަކު އޭނާއަށް ތައުރީފް ކުރަމުން އެބަދެ އެވެ.
ދާދި ފަހުން މުމްބާއީގައި ބޭއްވި އިވެންޓެއްގައި ސަލްމާން ބައިވެރިވެފައިވާއިރު މައިބަދައަށް ތަދުވާތީ އުޅޭ މަންޒަރު އާއްމުންނަށް ފެނިފައިވެ އެވެ. މިވަގުތު ފިލްމު "ސިކަންދަރު"ގެ މަސައްކަތް ކުރަމުން އަންނަ ސަލްމާނަށް އަނިޔާވީ ކިހިނެއް ކަމެއް ނުވަތަ ކޮންތާކު ކަމެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.
އެހެން ނަމަވެސް ސަލްމާންއަށް ލިބުނު އަނިޔާއާއެކު އެ ފިލްމުގެ ޝޫޓިން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ސަލްމާންގެ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ސަލްމާންގެ މައިބަދައަށް އަނިޔާވެފައި ވީ ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.
ސަލްމާންއަކީ އޭނާގެ މަސައްކަތަށް ބަހައްޓާ ފަރުވާތެރި ކަމަށްޓަކައި ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ތައުރީފް ހޯދާފައިވާ ތަރި އެވެ.

ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
ސައޫދީ އެއާ ބޭސް ހަމަލާގައި އެމެރިކާގެ 5 ބޯޓަށް ގެއްލުންވި
ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން