މަޝްހޫރު ސުޕަ މޮޑެލް ގިގީ ހަދީދު އާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑު ފެތުރިފައިވާ ބްރޭޑްލީ ކޫޕާ އެކުގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ދެމީހުންނާއި ބްރޭޑްލީގެ އާއިލާ އެކުުގައި އިޓަލީގެ ސެރްޑީނިއާ އަށް ވަނީ ގޮސްފަ އެވެ. އެ މަންޒަރު މީޑިއާތަކަށް ވެސް ފެނިފައިވެ އެވެ.

މި ޗުއްޓީގައި ގީގީ އާއި ބްރޭޑްލީގެ އިތުރުން ބްރޭޑްލީގެ ދަރިފުޅު ލިއާ ކޫޕާއާއި މަންމަ ގްލޯރިއާ ކޮމްޕާނޯ ވެސް ބައިވެރިވި ކަމަށް ހަބަރުތައް ބުނެ އެވެ.

ބްރޭޑްލީގެ އާއިލާއެކު ގިގީގެ މި ފެނިލުމާއެކު އެ މީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ދިޔައީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކްއާ އެކު އޮތް ލޯބީގެ ގުޅުން ނިމުމަށްފަހު ގީގީ އާއި ބްރޭޑްލީގެ ގުޅުން ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ.

އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ގިގީ ބުނެފައިވަނީ އެކަކު އަނެކަކު ލިބުމަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.