ބޮލީވުޑްގެ އެކްޓަރު އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންގަނާ ރަނޯޓްއަކީ އޭނާގެ ހަޔާތުގެ އެކި ކަންކަމާ ބެހޭ ގޮތުން މީޑިއާގައި ވަރަށް ގިނައިން ވާހަކަ ދެކެވޭ ތަރި އެކެވެ.

"އާޕްކީ އަދާލަތު" ޝޯގެ އެންމެ ފަހު އެޕިސޯޑުގައި ކަންގަނާ ވަނީ އޭނާގެ ކައިވެނީގެ ޚިޔާލުތަކާއި އަދި މިހާތަނަށް ވެސް ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފަ އެވެ.

ކަންގަނާ ބުނީ ކައިވެނި ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކޮންމެ މީހެއްގެ ވެސް ހަޔާތުގެ ބައިވެރިއެއް ހުންނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

މިހާތަނަށް ކައިވެންޏެއް ނުކޮށް ހުރީ ކީއްވެގެންތޯ ސުވާލު ކުރެވުމުން ކަންގަނާ ބުނީ އާއްމު މުޖުތަމައުގައި އޭނާގެ ނަން ބަދުނާމު ކުރެވިފައި ވާވަރުން އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.

އެގޮތުން ބައިވެރިއަކާ ގުޅި ކައިވެންޏަކާ ހަމައަށް ދާއިރަށް ކޯޓު އަމުރުތަކާއި ޗިޓުތައް އަންނަ ކަމަށާއި އެކަމުގެ ސަބަބުން ބައިވެރިޔާގެ އާއިލާއިން ގުޅުމަށް އިންކާރު ކުރާ ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ"ގެ ޕްރޮމޯޝަންތަކުގައި އަވަދިނެތި އުޅެމުންނެވެ.