ޔޫޓިއުބް ޗެނަލްއެއް ހިންގަމުން އަންނަ އިންޑިއާގެ މަޝްހޫރު އިންފްލުއެންސާއެއް ކަމަށްވާ ނަވްޔާ ނަވޭލީ ނަންދާ މަތީ ތައުލީމަށް ކިޔަވަން ފަށައިފި އެވެ.

ދެ އަހަރުގެ މުއްދަތަށް ކުރިއަށްދާ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)ގެ ޕްރޮގްރާމެއްގައި ނަވްޔާ ގުޅިފައިވަނީ އަހްމަދުއާބާދުގެ އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްއާ އެވެ.

މި ހަބަރު ހިއްސާ ކުރަމުން ނަވްޔާގެ އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުވަފެންތަކަކީ ހަގީގަތަކަށްވާ އެއްޗެއް ކަމަށެވެ.

https://www.instagram.com/navyananda/?utm_source=ig_embed&ig_rid=1b186900-5f30-45e9-8ee2-f3f93dd57cb9

އެ ޕޯސްޓާއެކު ނަވްޔާ ވަނީ ޔުނިވާސިޓީގެ ބޭރުގަައި އެތަނުގެ ނަން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއަކާއި އެތަނުގެ ގޯތިތެރޭގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.

ނަވްޔާ އާއްމުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވަނީ އޭނާ ހިންގަމުން އަންނަ "ނަވްޔާނަވޭލީނަންދާ" ޔޫޓިއުބް ޗެނަލުންނެވެ. އެ ޗެނަލް މެދުވެރިކޮށް ރިލީޒްކުރާ "ވަޓް ދަ ހެލް ނާވްޔާ"އަކީ ގިނަ ބަޔަކަށް ކަމުދާ ޝޯ އެކެވެ.

ނާވްޔާއަކީ ބޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރުން ކަމަށްވާ އަމީތާބު ބައްޗަންއާއި ޖާޔާ ބައްޗަންއަށް މާމަކާފަ ކިޔާ ފަރާތެކެވެ. އޭނާއަކީ ޝްވެތާ ބައްޗަންއާއި ނިއްކިލް ނަންދާގެ ދަރިއެކެވެ.