ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ކަމާލް ހަސާންގެ އުމުރުން 69 އަހަރުގައި އޭނާ އާޓިފިޝަލް އިންޓެލިޖެންސްގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރަން ފަށައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި 90 ދުވަހަށް ކުރިއަށްދާ އޭއައި ކޯހެއްގައި ބައިވެރިވުމަށްޓަކައި ކަމާލްވަނީ އެމެރިކާއަށް ގޮސްފަ އެވެ.
ކޯހުގެ މުއްދަތަކީ 90 ދުވަސް ނަމަވެސް ކުރިން ރޭވިފައިވާ ބޮލީވުޑްގެ މަސައްކަތްތަކެއް ހުރުމުން 45 ދުވަހު ކިޔެވުމަށްފަހު ކަމާލް އެނބުރި އިންޑިއާއަށް އަންނާނެ ކަމަށް ބުނެވެ އެވެ.
"އަހަންނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް ވަރަށް ޝައުގުވެރިވާ މީހެއް. އަހަރެންގެ ފިލްމުތަކުން ވެސް އެ ޓެކްނޮލޮޖީތަކުގެ ކޮންމެވެސް ވަރެއް ފެންނާނެ" ކަމާލް ބުނި ކަމަށްވެ އެވެ.
ކަމާލް އިތުރަށް ބުނީ ފިލްމުތަކުގައި މަސައްކަތް ކުރުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެއް ކަމަށާއި އެކަމަށް ގާތްގަނޑަކަށް އޭނާގެ މުޅި އާމްދަނީ ހޭދަވާ ކަމަށެވެ.
ކަމާލް އޭއައިގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރަން ފަށާފައި މިވަނީ މުނިފޫހި ފިލުވުމުގެ ދާއިރާގައި ވެސް އާޓިފިޝަލް އިންޓެލިޖެންސްގެ ނުފޫޒު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ކަމާލް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޕްރަބާސްއާއި ދީޕިކާ ޕަދުކޯންއާއެކު "ކަލްކީ 2898 އޭޑީ" އިންނެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިފަ އެވެ.
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި
24 އަހަރަށްފަހު އިންގްލޭންޑާއި އާޖެންޓީނާގެ ކުރިމަތިލުން މިރޭ
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ލޯނެއް