ޖުލައި 19 ވަނަ ދުވަހު މާލޭ ގެސްޓު ހައުސްއަކަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މައްސަލައިގެ ތަހުގީގު ނިންމައި، ގ. އޯލްޕެރިސް، އަހްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ އޮގަސްޓް މަހުވެސް މީހަކު ހައްލާލައިގެން އައިޖީއެމްއެޗް ކައިރީގަ ހުރި ގެސްޓް ހައުސްއަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި އަންހެނަކާ ފިރިހެނަކުވަނީ ހައްޔަރުކޮށްފަ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އަނދިރި ފަރާތް!