އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން މީޑިއާއާ ހިއްސާކުރާތީ ހޮލީވުޑްގެ ތަރި ސެލީނާ ގޯމޭޒްއަށް ފާޑުކިޔާ މީހުންނަށް އޭނާ ހޫނު ރައްދެއް ދީފި އެވެ.
މިފަހުން ބޭއްވި "ވުމަން އިން ފިލްމް" އިވެންޓުގައި ވާހަކަ ދައްކަމުން ސެލީނާ ބުނީ އޭނާއަކީ އާއްމުންގެ ތެރޭގައި މަޝްހޫރު މީހެއް ނަމަވެސް އޭނާގެ ދިރިއުޅުގައިވެސް ގޮންޖެހުންތައް ގިނަ ކަމަށެވެ.
"އަހަރެންގެ ވާހަކަ އެހެން މީހުންނަށް ކިޔައިދީގެން ނުވަތަ އެހީއަށް އެދިގެން އަހަރެންގެ އަމިއްލަ ނަފްސާމެދު ކުޑައިމީސް ކޮށް ވިސްނަން ފުރުސަތެއް ނުދޭނަން" ސެލީނާ ބުންޏެވެ.
މީގެ އިތުރުން ވެސް ސެލީނާ ވަނީ ޒާތީ ދިރިއުޅުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ އަންހެނުން ހިތްވަރު އެލުވާ ނުލުމަށް ގޮވާލާފަ އެވެ.
އެގޮތުން އެހެން މީހުން ބުނާ ގޮތަށް އަމިއްލަ ދިރިއުޅުން ބައްޓަން ކުރަން ނުޖެހޭ ކަމަށާއި ކޮންމެ މީހެއްގެ ދިރިއުޅުމަކީ ވެސް އެމީހެއްގެ ބާރު އޮންނަ ކަމެއް ކަމަށް ސެލީނާ ބުންޏެވެ.
ސެލީނާ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ސިއްހީ ސަބަބުތަކާހެދި އޭނާއަށް ދަރިން ނުލިބޭކަން މިދިޔަ ހަފްތާ ތެރޭގައި އިއުލާން ކޮށްފައި ވަނިކޮށެވެ.
އެހެން ނަމަވެސް ކޮންމެވެސް ދުވަހަކުން މަންމައަކަށްވެ މައިވަންތަކަމުގެ އިހުސާސް ތަޖުރިބާ ކުރަން ބޭނުންވާ ކަމަށްވެސް ސެލީނާ އޭރު ބުނެފައިވެ އެވެ.
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން