ހީޓް ޕްރޮޓެކްޝަން ސްޕްރޭ ބޭނުންކުރަންވީ ކީއްވެ؟
ހީޓް ޕްރޮޓެކްޓަންޓް ސްޕްރޭ އަކީ ހޫނުން އިސްތަށިގަނޑު ހިއްކާ ނުވަތަ ސްޓައިލްކުރާ އާލާތްތައް (މިސާލަކަށް ހެއަރ ޑްރަޔާ، ސްޓްރެއިޓްނާ ނުވަތަ ކާލިންގް އަޔަން) ބޭނުންކުރާނަމަ އިސްތަށިގަނޑުގެ ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ވެސް ބޭނުންކުރަން ވާނެ އެެއްޗެކެވެ.
ހީޓް ޕްރޮޓެކްޓަންޓަ މަސައްކަތް ކުރަނީ ކިހިނެތް؟
ހީޓް ޕްރޮޓެކްޓަންޓް ބޭނުންކުރުމުން އިސްތަށިގަނޑުގެ ކޮންމެ ސްޓްރެންޑެއްގެ މަތީގައި ރައްކާތެރި ލޭޔަރެއް އަޅަ އެވެ. އަދި މި ފަށަލައިގެ ސަބަބުން ހޫނުވާ އެއްވެސް އާލާތެއް ބޭނުންކުރާނަމަ އިސްތަށިގަނޑުގެ ކިއުޓިކަލް ތެރެއަށް ހޫނު ނުވަދެ ހިފަހައްޓާލަ އެވެ. ގިނަ ހީޓް ޕްރޮޓެކްޝަން ސްޕްރޭގެ ފޯމިއުލާތަކަކީ ހީޓް ސްޓައިލިން އާލާތްތަކުން އިސްތަށިގަނޑު ރައްކާތެރިކުރުމަށް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ ފޯމިއުލާތަކެވެ. ހީޓް ޕްރޮޓެކްޝަން ސްޕްރޭ ބޭނުން ނުކޮށް އިސްތަށިގަނޑު ސްޓައިލް ކުރާނަމަ އިސްތަށިގަނޑަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ.
ހީޓް ޕްރޮޓެކްޝަން ސްޕްރޭ އެއް ބޭނުންކުރުމުން ގިނަ ފައިދާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި:
1. އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުން: ހީޓް ޕްރޮޓެކްޓަންޓް ބޭނުންކުރުމުން އިސްތަށިގަނޑު ހިއްކާއިރު ނުވަތަ ސްޓައިލްކުރާ އިރު އޭގެ އޮމާންކަން އިތުރުވެ އެވެ.
2. ސްޓައިލް ކުރަން ފަސޭހަވުން: އާންމުކޮށް ހީޓް ޕްރޮޓެންޓަންޓްގެ ފޯމިއުލާތައް ހަދާފައި ހުންނާނީ ސްޓައިލްކުރަން ފަސޭހަވާ ހާއްސަ މާއްދާތައް ވެސް ހިމަނައިގެންނެވެ.