ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރާ ޑިސަނަޔަކެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާތް އަވައްޓެރިއެއްގެ ގޮތުން ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެއް އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ލަންކާގެ ރިޔާސީ އިންތިހާބު އަނޫރާ ކުމާރަ ޑިސެނަޔަކަ ކާމިޔާބު ކުރެއްވީ ސިޔާސީ ގޮތުން ވަރުގަދަ ލީޑަރުން ފަހަތަށް ޖައްސާލުމަށްފަހު އެވެ.
އަވަށްޓެރި ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓު ވޯޓުލާފައިވެ އެވެ.
ޖުމްލަ 38 ކެންޑީޑޭޓުން ވާދަކުރި މި އިންތިހާބުގެ ވަގުތީ ނަތީޖާ ލިބުނުއިރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓް ލިބިފައިނުވާތީ، ލަންކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިފެރެންސް ވޯޓުވަނީ ގުނާފަ އެވެ.
އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިސެނަޔަކަ ކަން އިއުލާންކޮށްފަ އެވެ. މާދަމާ އޭނާ ވެރިކަމުގެ ހުވާކުރައްވާނެ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މަމެން ޕިންކީން ބޮޑެތި އިގްތިސާދީ އަދި ވިޔާފާރި ގުރުބާނީ ވެގެން ގެނައި ވެރިކަން ގެނައީ ގައުމު ބަނގުރޫޓް ވެފައި އޮތްވާ އިލްމާއި ފިކުރާއި ޓެކްނޮލޮޖީގެ އީޖާދުކުރުން ތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކޮށްގެން އަމާބުނީތީ ފަރަށްދާ އުސޫލުން ކަންނުކޮށް ހެޔޮހިތުން ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި އެކު ހެއްދެވި ފަރާތް ގަންދީކޮށްފައިވާ ހުވައާއި އެއްގޮތަށް އަމާނާތް ތެރި ވެރިކަމެއް ކޮށްދޭށޭ އެކަމަކު ކަން ފެންނަނީ ދިމާ އިދިކޮޅަށޭ މީ މަމެން މިވެރިކަން ގެނައި މަގްސަދާއި ޚިލާފަށް މުއިއްޒު ދައުލަ