މި އަހަރު ބ. ކަމަދޫގެ ބޮޑު އީދު ޝޯތަކުން މަގްބޫލުކަން ހޯދާފައިވާ ނެށުންތެރިޔާ ޒާރާ އަދި ވިޔަފާރިވެރިޔާ ސަން ޓްރެވަލް ސިޔާމްގެ ކައިވެނީގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް "ހުރިހާ"އަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ގޮތުން އަލަށް ކައިވެނި ކުރާ އަންހެން ކުދިން އާންމުކޮށް ބާއްވާ ހަފްލާއެއް ކަމަށްވާ "ބްރައިޑަލް ޝަވާ"އެއް ގައި ޒާރާ ބައިވެރިވެފައިވާ ފޮޓޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކަމަދޫއަށް އުފަން ޒާރާގެ އާއިލާގެ ރުހުމާއެކު ކުރިއަށްދާ މި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް އެނގިފައިވެ އެވެ.

ފަރި ނެށުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޒާރާ ކައިވެނީގެ ރަނުގެ ގޮތުގައި ކިޔާފާވަނީ ދެ ގެސްޓްހައުސްއަށް ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޒާރާއާ ސިޔާމްގެ ކައިވެނީގެ އަޑު ފެތުރިފައިވަނިކޮށް، ހުސްވި އޮގަސްޓް މަހު ސިޔާމް ވަނީ ކަމަދޫ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ނިންމާފަ އެވެ. އެރަށު ކައުންސިލުން ބުނީ މި ނިންމުން ނިންމީ "ސިޔާމް ކެއާ" އާ އެ ކައުންސިލާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަށް ފަހުގައި ކަމަށެވެ. ޒާރާގެ ކައިވެންޏާ ދޭތެރޭ ކަމަދޫ މީހުން ތިބީ ވަރަށް ހިތްހަމަޖެހިގެން ކަން މައުލޫމާތު ލިބެ އެވެ.