މި ދުވަސްވަރު ހޮލީވުޑްގެ ހަބަރުތަކަށް ބަލާއިރު އެންމެ އަޑުގަދަކޮށް އެ ތަރިންގެ ވާހަކަ ދެކެވޭ ދެ ތަރިންނަކީ ޖެނިފާ ލޮޕޭޒްއާއި ޑިޑީ އެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ތުހުމަތުގައި ޑިޑީ ހައްޔަރު ކުރެވި ތަހުގީގު ކުރިއަށްދާއިރު ޖެނިފާއާއި ބެން އެފްލެކްގެ ވަރީގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.

ޑިޑީއާއި ޖެނިފާ މީޑިއާގެ ރާޑަރަށް އަރާފައިވާ މި ދަނޑިވަޅުގައި އެ ދެތަރިންނާ ގުޅޭ އިތުރު އަޑުތަކެއް ވެސް މިހާރު ވަނީ ދައުރުވާން ފަށާފަ އެވެ.

އެއީ ޑިޑީއާއި ޖެނިފާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ވިލް ސްމިތުއާއި އޭނާގެ އަންހެނުންނާ ޖެހުނު މައްސަލައެއްގެ ވާހަކަ އެވެ.

ބުނެވޭ ގޮތުގައި ވިލްއާއި އޭނާގެ އަންހެނުން ޖޭޑާ ޖެނިފާއަށް ޖިންސީ ފުރައްސާރަ ކުރުމުން ޑިޑީ ރުޅިގަދަވެ ވިލްއަށް ޖިސްމާނީ ގޮތުން އަނިޔާކުރާ ހިސާބަށް ކަންތައް ދިޔަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އޮތް ޓޯކް ޝޯއެއްގައި އެ ހާދިސާއާ ބެހޭ ގޮތުން ސުވާލު ކުރެވުމުން ޑިޑީ ވަނީ އެއަށް ޖަވާބު ނުދީ ދޫކޮށްލާފަ އެވެ.

1999 ން 2001 އަށް ޑިޑީއާއި ޖެނިފާ ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެ ދެމީހުންގެ ގުޅުމަކީ އޭރުވެސް މީޑިއާގައި އާއްމުކޮށް ދެކެވޭ ވާހަކަ އެކެވެ.