އިންސާނީ ނަސްލު މި ދުނިޔެއިން ނެތި ފަނާވެއްޖެ ހާލަތެއްގައި އަލުން އެ ނަސްލު އާލާކުރާނެ ގޮތެއް ހޯދިފައިވާ ކަމަށް ސައިންސްވެރިން ހާމަކޮށްފި އެވެ.
އެގޮތުން އިނގިރޭސި ވިލާތުގެ ސައިންސްވެރިންތަކެއް އިންސާނުންގެ ޑީއެންއޭ ބިއްލޫރި ކޮޅެއްގައި ރައްކާ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ސައިންސްވެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި 5ޑީ ބިއްލޫރި ކޮޅެއްގައި ރައްކާ ކުރެވިފައިވާ އެ ޑީއެންއޭ އެތައް ބިލިއަން އަހަރަކަށް ރައްކާތެރިކަމާއެކު ދެމިއޮންނާނެ އެވެ.
މިއީ އެކި މޫސުންތަކުގައި ވެސް ބަދަލެއް ނައިސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމިއޮންނާނެ ޓެކްނޮލޮޖީއެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
އިންސާނުންނާއި ޖަނަވާރުން ނޫނަސް މި ކާއިނާތުގައި އެހެން މަހުލޫގުންތަކެއް ވޭތޯ އެއީ އަބަދުވެސް ސައިންސްވެރިންގެ މެދުގައި ބަހުސް ކުރެވޭ، ފިލްމުތަކުން ވެސް ފެންނަ މައުޟޫ އެކެވެ.
އެހެން ކަމުން ސައިންސްވެރިން އަންނަނީ އެފަދަ މަހުލޫގުން (އޭލިއަން)ގެ ހަމަލާއެއް އިންސާނުންނަށް ކުރިމަތިވެދާނެ ކަމަށް ތައްޔާރު ވަމުންނެވެ.
އީރާނުން މަޝްވަރާއަށް ދިޔަ ފުލައިޓުގައި މަރުވި ކުދިންގެ ހަނދާން
ހޮރުޒޫމް ކަނޑުއޮޅި ހައްލުކުރަން ނަގާނީ އެންމެ 2 މިނެޓް: ޓްރަމްޕް
ބީޓީއެސްގެ އެނބުރި އައުން: އެއް އަހަރު ތެރޭގައި 34 މަންޒިލަކަށް!
ސައިންސް ވެރިންނަކީ ތަންދޮރު ނުދަންނަ ޖާހިލު ބައެއްކަން މިއިން އެނގެނީ!