މައިންބަފައިންގެ ވާރުތަ މުދަލުން ލިބުނު ފައިސާއިން ދިރިއުޅުން ބައްޓަން ކުރަން ބޭނުންނުވާ ކަމަށް ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން ބުނެފި އެވެ.

އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނެފައިވަނީ އޭނާއަކީ އިންޑިއާގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވި މީހެއް ނަމަވެސް ބޮޑުވަމުން އައިއިރު އާއިލާގެ ވާރުތަ މުދަލަށް ބަރޯސާ ނުވާން ދަސްކޮށްދިން ކަމަށެވެ.

"އަހަރެންގެ ބައްޕަ އަހަންނަށް ދަސްކޮށްދިން ވާރުތަ މުދަލަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރަން" ސައިފް ބުންޏެވެ.

ސައިފް އިތުރަށް ބުނީ އިންޑިއާގެ ރަސްމަތިފުށުގެ އާއިލާއަކަށް ނިސްބަތްވި ނަމަވެސް އެކަމުގެ ނާޖާއިޒު ފައިދާ ދުވަހަކުވެސް ނަގާފައި ނުވާނެ ކަމަށެވެ.

ސައިފްއަކީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ އަދި ޝާހީ އާއިލާއަކަށް ނިސްބަތްވާ މަންސޫރު އަލީ ޚާން ޕަތޯޑީއާއި އެކްޓްރެސް ޝަރްމީލާ ޓެގޯރްއަށް ލިބުނު ހަމައެކަނި ފިރިހެން ދަރި އެވެ.

2012 ވަނަ އަހަރު ސައިފް ބޮލީވުޑްގެ އެކްޓަރެއް ކަމަށްވާ ކަރީނާ ކަޕޫރުއާ ކައިވެނިކުރިއިރު މިހާރު އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ.