ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް "ލިމިޓްލެސް" ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކުރި ޕްލޭންގެ ދަށުން 1،000ރ. ގެ ޕްލޭން އަދި 1،700ރ. ގެ ޕްލޭން ނަގާ ކަސްޓަމަރުންނަށް ލިމިޓްލެސް އޮފާތަކެއްއް ލިބޭނެ ކަމަށެވެ.

ދިރާގުން ތައާރަފްކުރި ޕެކޭޖްތައް

  • ޕޯސްޓްޕެއިޑް 1،000: 60-ޖީބީ ކޯ ޑޭޓާގެ އިތުރުން ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އާއި މިނަޓްސް ލޯކަލް ނެޓްވޯކްތަކަށް ކުރެވޭ.
  • ޕޯސްޓްޕެއިޑް 1،700: 200-ޖީބީ ކޯ ޑޭޑާގެ އިތުރުން ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އާއި މިނަޓްސް ލޯކަލް ނެޓްވޯކްތަކަށް ކުރެވޭ.

ދިރާގުން ބުނީ ލިމިޓްލެސް ޕްލޭން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް އަޕްގްރޭޑް ކުރެވޭނެ ކަމަށާއި އަދި ޕްލޭންތަކާ ބެހޭ މައުލޫމާތު ވެސް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

އަންނަ އޮކްޓޯބަރު 1، ގައި ދިރާގަށް 36 އަހަރު ފުރުމާ ކައިރިކޮށް 1.6 މިލިއަން ރުފިޔާގެ އަގުހުރި "މެޖެލަން 32" ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް ވެސް އެ ކުންފުނިން ވަނީ ފަށާފަ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ އެ އުފެއްދުން ނަސީބުވެރި ފަރާތަަށް ދިނުމަށް ހަމަޖެހިފައި ވަނީ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެލިއާއިން ފޯރުކޮށްދޭ 175 ހޯސްޕަވާގެ ދެ އިންޖީނާއެކުގަ އެވެ.

އެ ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑްގެ 400ރ. އަށްވުރެ މަތީ ޕެކޭޖް ނަގާ ކަސްޓަމަރުންނާއި، ކޮންމެ މަހަކު 400ރ. އަށްވުރެ މަތިން ހޭދަކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން ފައިބާ ބްރޯޑްބޭންޑްގެ 30 އެމްއަށް ވުރެ ގިނައިން ނަގާ ކަސްޓަމަރުންނަށް ބައިވެރިވެވެ އެވެ.