ބޮލީވުޑްގެ ކާމިޔާބު ތަރި ރަންބީރު ކަޕޫރު، އޭނާގެ އަމިއްލަ ވިޔަފާރިއެއް ފަށައި އާ ބްރޭންޑެއްގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.

"އާކްސް"ގެ ނަމުން ނަން ދީފައިވާ މި ބްރޭންޑް އިފްތިތާހު ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފާހަގަކުރި ރަންބީރުގެ 42 ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ.

އެހެން ނަމަވެސް މިއީ ކޮންކަހަލަ ބްރޭންޑެއް ކަމެއް އަދި މީޑިއާއަށް ޔަގީންވެފައެއް ނުވެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެއީ ފެޝަން ނުވަތަ ލައިފްސްޓައިލް ބްރޭންޑެކެވެ.

https://www.instagram.com/arks/?utm_source=ig_embed&ig_rid=be212e8d-5cb9-49fe-8134-df76894ee727

އާކްސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެ ބްރޭންޑްގެ އެންމެ ފުރަތަމަ ޕޯސްޓް އާއްމު ކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަނީ ވިނަގަނޑެއްގެ މަތީގައި ރަންބީރު އޮށޯވެގެން އޮވެ ވައިގެ ތެރޭގައި އެއްޗެއް ކުރަހާ މަންޒަރެވެ.

އެ ޕޯސްޓަށް ރަންބީރުގެ އަންހެނުން އާލިއާ ބަޓްއާއި މަންމަ ނީތޫ ކަޕޫރު ވަނީ ކޮމެންޓް ވެސް ކޮށްފަ އެވެ. އެގޮތުން ނީތޫ ވަނީ އެ މަސައްކަތުގައި އޭނާގެ ދަރިފުޅަށް ކާމިޔާބަށް އެދިފަ އެވެ.

އާލިއާ ވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާކްސްގެ އެ ޕޯސްޓު ހިއްސާ ކުރަމުން ބުނެފައިވަނީ މިއީ މުޅިން އާ ފެށުމެއް ކަމަށެވެ.