ކޮންމެ މީހަކު އެ މީހަކު ދިރިއުޅޭތަން ސާފުކޮށް ރީތިކޮށް ބެލެހެއްޓުމަށް އިސްކަން ދޭނެ އެވެ. ނަމަވެސް ބައެއް ފަހަރު ގޭތެރެ ޒީނަތްތެރި ކުރެވޭ ގޮތުން ލޮލުގެ ފެނުމަށް ބަދަލު އާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކަށެވެ.
ފުރަތަމަ ކަމަކަށް ގެއަށް ވަންނަ އިރު ގެއާއި ގުޅިފައިވާ ސިޓިން ރޫމާއި ބަދިގެ ނުވަތަ ކާގޭގައި އެއް ކުލައެއް ބޭނުންކުރާށެވެ. ހުރިހާ ފަރުނީޗަރުތަކުގައި ވަކިކުލައެއް އަދި ފާރުގައި ވެސް ވަކިކުލައެއް ބޭނުން ކުރާށެވެ. އޭރުން ގޭތެރެ ކުލަމަޖާ ގަނޑެއްހެން އޮތުމުން ލޮލަށް ކުރާ އަސަރު ކުޑަވާނެ އެވެ.
ފާރުތަކުގައި ކުލަ ލާއިރު އަލި ކުލަކުލަ ލުމުގެ ބަދަލުގައި ލޮލަށް ފަސޭހަ ކުލަ ބޭނުން ކުރާށެވެ. މިސާލަކަށް މަޑު އޮރެންޖު ކުލައެއް ނުވަތަ ފެހި ކުލައެއް ބޭނުން ކުރެވިދާނެ އެވެ. ފާރުގެ ކުލައާއި ގުޅުވައިގެން ފަރުނީޗަރުގައި ހުދު ކުލަ ނުވަތަ އަޅި ކުލައެއް ބޭނުން ކުރެވިދާނެ އެވެ.
ދެވަނަ ކަމަކަށް ގޭތެރޭގައި ހުސްތަން ބޮޑުވާ ގޮތަކަށް ތަކެތި އަތުރާލާށެވެ. ހުރިހާ ފަރުނީޗަރެއް ވެސް ވަކި ތަރުތީބަކުން ބަހައްޓާށެވެ. މާބޮޑަށް ހުސްތަން ބޮޑުވެ ގޭތެރެ ފަޅުކަން ފިލުވާލުމަށް ގަސް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ކުދި މާގަސް ނުވަތަ އެލޮވޭރާ ފަދަ ގަސްތައް މުށިގަނޑުގައި އިންދާ ގޭތެރޭގައި ބޭނުން ކުރެވިދާނެ އެވެ.
މިގޮތުގެ މަތިން ގޭތެރޭގެ މާހައުލުން ލޮލަށް ލިބޭ ގެއްލުން ކުޑަވުމުގެ އިތުރުން ރީތި ގެއެއް ޒީނަތްތެރި ކުރުމަށް ދެކެމުން އައި ހުވަފެން ވެސް ހަގީގަތަކަށް ވާނެ އެވެ.
މިއުަޅެނީ ދަބަސްގަނޑު ބާއްވާނޭ ތަނެއްވެސް ނެތިގެން އަދި ގަސްޖެހޭތަ