2001 ވަނަ އަހަރު ރިލީޒް ކުރެވުނު ކާމިޔާބު ފިލްމު "ދަ ޕްރިންސަސް ޑައަރީސް" ގެ ތިންވަނަ ފިލްމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

ތިންވަނަ ފިލްމުގެ ލީޑު ރޯލުން ވެސް ފެނިގެންދާނީ ފުރަތަމަ ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނުނު އޭން ހެތަވޭ އެވެ. އޭން ވަނީ އެ ފިލްމުގެ މަސައްކަތް ކުރަމުން އަންނަކަން ޔަގީން ކޮށްދީފަ އެވެ.

މެގް ކެބޮޓްގެ ވާހަކަ ސީރީޒްއަށް ބިނާކޮށް އުފައްދާ ޕްރިންސަސް ޑައިރީސްގައި ފެނިގެންދާނީ އާއްމު ދިރިއުޅެމުން އައި އަންހެނަކަށް އޭނާއަކީ ޝާހީ އާއިލާގެ މެމްބަރެއްކަން އެނގުމުން ވާ ކަންކަމެވެ.

https://www.instagram.com/reel/DAtwgxYJy3c/?utm_source=ig_embed&ig_rid=24cb1729-8932-4cb3-a589-e3ca5332f869

"ޕްރިންސަސް ޑައިރީސް"ގެ ތިންވަނަ ބައިގެ މަސައްކަތް ފަށާފައި މިވަނީ އެ ފިލްމުގެ ދެވަނަ ބައި ރިލީޒް ކުރިތާ 20 އަހަރު ފަހުންނެވެ.

މި ފިލްމަކީ 2000ގެ ކުޑަކުދިންގެ މެދުގައި މަގުބޫލުވި ފިލްމަކަށް ވާއިރު އެ ފްރެންޗައިޒްގެ އިތުރު ފިލްމަކަށް ގިނަ ބަޔަކު އައީ އިންތިޒާރު ކުރަމުންނެވެ.

އެޑެލް ލިމް ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އާއްމުކޮށްފައި ނުވާއިރު ބޮޑަށް ބެލެވޭ ގޮތުގައި ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނީ 2025ގެ ފަހުކޮޅު އެވެ.