އަނބިން އުފުލުމުގެ މުބާރާތެކޭ ދެންނެވުމުން އެއީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ހެއްވާ މަޖާ ކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް އުތުރު އެމެރިކާގައި މިއީ ސަގާފަތެކެވެ.
އެގޮތުން ކޮންމެ އަހަރަކު ފިންލެންޑުގައި ބާއްވަމުން އަންނަ އަހަރީ އަނބިން އުފުލުމުގެ މުބާރާތުގެ މި އަހަރުގެ މުބާރާތް މިހާރު ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފަ އެވެ.
މިި މުބާރާތުގައި ބައިވެރިއާ ފިރިން ކިސަޑާއި ހަޑި ފެންގަނޑުތަކުގެ އިތުރުން ވެސް އެފަދަ ގޮންޖެހުންތަކުގެ ތެރެއިން އެމީހުންގެ އަނބިން އުރާލައިގެން ރޭސް ޖަހަ އެވެ.
އެގޮތުން ރޭސް ޖަހާއިރު އާއްމު ގޮތެއްގައި ފިރިން އެމީހުންގެ އަނބިން އުފުލަނީ އެމީހުންގެ ކަރުގައި އަނބިން އެލުވައިގެންނެވެ. މިގޮތުގެ މަތިން ދެ އަތް ހުސްކޮށް އޮވެ ބާރަށް ދުވަން އެހީއަކަށްވެ އެވެ.
މިއަހަރުގެ މުބާރާތުގައި ވެސް 30 އަށްވުރެ ގިނަ ދެމަފިރިން ބައިވެރި ވެފައިވާއިރު އެތައް ހާސް ބަޔަކު އެ މުބާރާތް ބަލާލުމަށްޓަކައި އެއްވެފައިވެ އެވެ.
މި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ދާ ފަރާތްތަކަށް އިނާމު ދެވެނީ އަނބިމީހާގެ ބަރުދަނަށް ފައިސާގެ ނޫޓު ކިރައިގެންނެވެ.

ޒަމާނީ ރަހަތަކާއެކު ރޯދަ ވީއްލާ ސުފުރާމަތި ބަދަލުވެއްޖެ
ޑަޔާނާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް ތުހުމަތު ކޮށްފި
އެމްބިއުލާންސަށް ޖާގަ ނުދިން މީހާގެ ލައިސަންސް ހިފަހައްޓައިފި