ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ހޮސްޕިޓަލް އެޅުމަށް ހަވާލުކުރީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ އެވެ. މި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ އެވެ.
މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މެޑޯ އޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް އެވެ. ޗިންގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ.
މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގެ ފަރާތުންނެވެ.
އެ ހޮސްޕިޓަލް އިމާރާތުގެ އެންމެ ތިރީގައި އިމަޖެންސީ ރޫމާއި ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ކެންޓީނެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓަކާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ލެބޯޓަރީއާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.
ސްމާޓް ފޯނުން ކެންސަރަށް މަގުފަހި ވޭތަ؟
4 އަހަރަށްފަހު ޕްރިންސް ހެރީއާއި މޭގަން އިނގިރޭސި ވިލާތަށް!
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އަށް
