ސައިންޓިފިކް ގޮތުން ދުނިޔޭގެ އެންމެ ރީތި 10 ފިރިހެން އެކްޓަރުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ހިމެނިއްޖެ އެވެ.

ޕްލާސްޓިކް ސާޖަންއެއް ކަމަށްވާ ޖޫލިއަން ޑި ސިލްވާ އާއްމު ކޮށްފައިވާ މި ލިސްޓަކީ ދުނިޔޭގެ އެކްޓަރުންގެ މޫނުމަތީގެ ސިފައަށް ބަލައިގެން އެންމެ ރީތި 10 އެކްޓަރުން ނަގާފައިވާ ލިސްޓެކެވެ.

މި ލިސްޓަށް އެކްޓަރުން ހޮވުމުގައި ބަލާފައިވަނީ މޫނުމަތީގެ ސިފަތައް ބެހިފައިވާ ގޮތާއި ޕްރޮޕޯޝަން އަށް ކަމަށް ޑރ ޖޫލިއަން ވިދާޅުވި އެވެ.

އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ބޮލީވުޑްގެ އެކްޓަރުގެ ކަމަށްވާ ޝާހްރުކް ޚާނަށް ލިބިފައިވަނީ 86.76 މާކްސްއާއެކު ލިސްޓުގެ 10 ވަނަ އެވެ.

ޝާހްރުކް ޚާންގެ އިތުރުން ދެން އެ ލިސްޓުގައި ހިމެނޭ ތަރިންގެ ތެރޭގައި އިޑްރިސް އެލްބާއާއި ޗާލްސް މެލްޓަންގެ އިތުރުން ޖޯޖް ކްލޫނީ ހިމެނެ އެވެ.

ޝާހްރުކް ޚާންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ދަރިފުޅު ސުހާނާއާއެކު ފެންނަ "ކިންގް"ގެ މަސައްކަތެވެ.